ކޯވިޑް-19 : އިތުރު 23 މީހަކު ޕޮޒިޓިވް ވެއްޖެ އަދަދު 12،000 އިން މައްޗަށް

ކޯވިޑް-19 : އިތުރު 23 މީހަކު ޕޮޒިޓިވް ވެއްޖެ އަދަދު 12،000 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 10:00
0

ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 21 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 2 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 3 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،009 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 40 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،132 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 40 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ހޮސްޕިޓަލުގައި މިވަގުތު 52 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 830 އެވެ. އައިސޮލޭޝަންގައި 225 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.