މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2022 10:34
0

މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށެވެ.

ކަރަންޓް ކެނޑޭނީ ހެންވޭރާއި، ގަލޮޅު އަވަށުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން މޫނިމާހިނގުމާއި، އިރުދޭމާ ހިނގުމާއި، ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.

ކަރަންޓް ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތަކާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހުރިހާ ހިދުމަތެއް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.