"މޭ ޑޭ" ގެ ނަމުގައި ހަދަމުން އައިސް "ރަންވޭ 34″ އަށް ނަން ބަދަލު ކުރި ފިލްމުގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމް އަކީ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އެނާ އެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. އަޖޭ ގެ އިތުރުން މި ފިލްމުން ފެނިގެން ދާނީ އަމިތާބް ބައްޗަން އާއި ރަކުލް ޕްރީތު ސިންގްއެވެ. މީގެ އިތުރުން ފިލްމްގެ މުހިންމު ރޯލަކުން ބޮމަން އިރާނީވެސް ފެނިގެން ދާނެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ މި ފިލްމްގެ ފަސްޓް ލުކް ވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހަށެވެ.
މި ފިލްމުގައި އަޖޭ އާއި ރަކުލް ފެނިގެން ދާނި ޕައިލެޓުން ގެ ރޯލުންނެވެ. އަދި އަމިތާބް ފެނިގެން ދާނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ރޯލުންނެވެ.
މި ފިލްމް އަކީ ހަގީގީ ހާދިސާއާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމު ރިލިޒް ކުރާނީ އަންނަ އެޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ