އަންނަ އަހަރު ކައުންސިލް އިންތިޚާބު ބާއްވަން 49 މިލިއަން ރުފިޔާ ބަޖެޓުކޮށްފި

އަންނަ އަހަރު ކައުންސިލް އިންތިޚާބު ބާއްވަން 49 މިލިއަން ރުފިޔާ ބަޖެޓުކޮށްފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2020 05:01
0

އަންނަ އަހަރު ލޯކަލް ލައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް 49.1 މިލިއަން ރުފިޔާ ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރަސް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބަށް ހޭދަވާނެކަމށް ލަފާކޮށްފައިވަނީ 49.1 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރު އިންތިޚަބު ބޭއްވުމަށް ކުރިން ލަފާކުރި ޢަދަދަށްވުރެ 31.5 މިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ. މިއަހަރު އިންތިޚާބަށް ހޭދަވާނެކަމަށް ކުރިން ލަފާކޮށްފައިވަނީ 17.9 މިލިއަން ރުފިޔާއެވެ.

މިއަހަރު އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ލަފާކުރި އިންތިޚާބު ކޯވިޑް-19އާއި ގުޅިގެން ފަސްކޮށްފައިވާއިރު، މިހާރު އެ އިންތިޚާބު ބޭއްވޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 2019 ވަނަ އަހަރު ބޮޑެތި އިސްލާހުތަކެއް ގެނެވި ކައުންސިލްތައް ބާރުވެރިކުރުވައި މާލީ ފުދުންތެރިކަން އިތުރުކޮށް ދިނުމަށް ކަނޑައަޅަފައިވާތީ ބަޖެޓުގައ އެކަމަށްވެސް ފައިސާ ބަޖެޓުކޮށްފައިވެއެވެ. 2020 ވަނަ އަހަރު ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދެވިފައިވެއެވެ.

މިގޮތަށް ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތައެވެ. މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެއެވެ. މިގޮތުން 2021 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.