އަމާންދީ، މައިރުޕޯލް ސިޓީ ރަޝިއާއި ހަވާލެއް ނުކުރާނަން: ޔޫކުރެއިން

އަމާންދީ، މައިރުޕޯލް ސިޓީ ރަޝިއާއި ހަވާލެއް ނުކުރާނަން: ޔޫކުރެއިން

Author
ހުސެއިން
21 މާރޗް 2022 10:05
0

ރަޝިއާސިފައިން މިހާރު ވަށާލާފައިވާ ޔޫކުރެއިންގެ މަރިއުޕޮލް ސިޓީގައި ތިބި ޔޫކުރެއިން ސިފައިން ރަޝިއާގަޑިން ރޭގެ ފަތިހު 5:00އާއި ހަމައަށް އަމާންދީ، އެސިޓީ ރަޝިއާ ސިފައިންނާއި ހަވާލުކުރުމަށް ރަޝިއާއިން ދިން މުހުލަތު ގަބޫލު ނުކުރާނޭ ކަމަށާއި އަދި އަމާންވެސް ނުދޭނޭ ކަމަށް ޔޫކުރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޔޫކުރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އިރީނާ ވެރެޝްޗުކު ވިދާޅުވެފައިވަނީ، "އަމާން ދިނުމަކީ ސުވާލުވެސް އުފެދެންޖެހޭ" ކަމެއް ނޫންކަމުގައެވެ.

ވެރެޝްޗުކު ވިދާޅުވި ގޮތުގައި، މެރިއުޕޮލް ސިޓީގައި ތިބި އާންމު ރައްޔިތުންނަށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމުގެ ފުރުސަތު ލިބުމުގެ ކުރިން ޔޫކުރެއިން ސިފައިން އަމާން ދިނުމަށް ރަޝިއާއިން ޑިމާންޑް ކުރަމުން ދާކަމުގައެވެ. އަދި އޭނާ ސިފަކުރެއްވި ގޮތުގައި، ރަޝިއާއިން ދަނީ އެ ސިޓީގައި ތިބި ރައްޔިތުން ރަހީނު ކުރުމަށް މަސައްކަތް ކުރަމުން ކަމުގައެވެ.

ޔޫކިރެއިންގެ އިރުމަތީގައި އޮންނަ ސިޓީއެއް ކަމުގައިވާ މެރިއުޕޮލް ވަށާލުމަށްފަހު، ރަޝިއާއިން ވަނީ، އަމާން ދިނުމަށް ޔޫކުރެއިން އޮތީ ހޯމަދުވަހުގެ ރޭގެ ދަންވަރުގެ 5:00އާއި ހަމައަށް ވަގުތު ދީފައެވެ.

"ހުރިހާ އެންމެ ހަތިޔާރު ބަހައްޓާ،" ރަޝިއާގެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ބްރީފިންއެއްގައި، ރަޝިއަން ނޭޝަނަލް ސެންޓަރ ފޯރ ޑިފެންސް މެނޭޖްމަންޓުގެ ޑިރެކްޓަރ ކާނަލް ޖެނެރަލް މިޚައިލް މިޒިންސިވް ވިދާޅުވެފައި ވެއެވެ.

"ވަރަށް ނުރައްކާތެރި އިންސާނީ ކާރިސާއެއްވަނީ އުފެދިގެން ގޮސްފަ،" އޭނާ ވިދާޅުވެފައި ވެއެވެ. "ހަތިޔާރު ބަހައްޓާ ހުރިހާ އެންމެންނަށް މެރިއުޕޮލް ދޫކޮށް ދިއުމުގެ ފުރުސަތު ލިބިގެން ދާނެ."

ޔޫކުރެއިންގެ މެރިއުޕޮލްއަކީ، ފާއިތިވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން، މިހަމަލާތައް އެންމެ ގިނައިން އަމާޒުވެފައިވާ އެއް ސިޓީއެވެ. އަދި މިސިޓީ ރަޝިއާއިން ވަށާލުމާއި ގުޅިގެން 400،000 ރައްޔިތުން ދިރިއުޅެމުންދާ މިސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ކާނާއާއި އެހީ ފޯރުކޮށްދިނުންވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ކާނާއާއި އެހެން ވަސީލަތްތަކަށް ވަނީ ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.