ތަމަންނާ ރާއްޖޭގައި

ތަމަންނާ ރާއްޖޭގައި

Author
ފާތިމަތު ނާވީ
20 މާރޗް 2022 06:15
0

ސައުތު އިންޑަސްޓްރީގެ އިތުރުން ބޮލީވުޑްގައިވެސް މަޝްހޫރު އެކްޓްރެސް ތަމަންނާ ބާޓިއާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއެޖެއެވެ.

ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޮލީވުޑްގެ ގިނަ ތަރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ތަމަންނާ ވަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ރީތި ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މޫވްއެންޑްޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް ގައެވެ.
ބޮލީވުޑްގެ އެކްޓެރެސް ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރު ވެސް ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރުމަށް ފަހު އެބުރި ގައުމަށް ދިޔައީ މިއަދުއެވެ.

 

View this post on Instagram

 

A post shared by Tamannaahspeaks (@tamannaahspe)

ތަމަންނާ އަކީ ހިންދީ ޓެމިލް ޓެލެގޫ ފިލްމު އިންޑަސްޓްރީގައި ވެސް މަޝްހޫރު ނަމެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓެލެގޫ ފިލްމެއް ކަމުގައިވާ "މެއިސްތުރޯ" އިންނެވެ.

ޑައިރެކްތަރު މަދުރް ބަންޑާރަކަރުގެ "ބަބްލީ ބައުންސާ"ގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް އޭނާ ވަނީ ރާއްޖޭ އައުމުގެ ކުރިން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.