ހުޅުމާލޭ ޓްރެކް ސަރަަހައްދުގައި ބާއްވާފައި އޮތް ދަބަހެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ވީޑިއޯއާއިކު މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުުުން ވީޑިއޯއާއި އެކު ހޯދަން އިއުލާން ކޮށްފައިވަނީ ހުޅުމާލެ، ޓްރެކް ސަރަހައްދުގައި ބައްވާފައިއޮތް ދަބަހެއް މިދިޔަ މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ