ރެސިޕީ: އޮރެންޖު ސެލެޑް

ރެސިޕީ: އޮރެންޖު ސެލެޑް

Author
ފާތިމަތު ނާވީ
08 އޭޕްރިލް 2022 06:20
0

ސެލެޑަކީ ތައްޔާރު ކޮށްލަން އެންމެ ފަސޭހަ އެއްބާވަތެވެ. ކެއުމުގެ ރަހަތައް ހެޔޮވަރު ކޮށްލަން ސެލެޑް މުހިންމު ދައުރެއް އަދާ ކުރެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ކިއުކަމްބާރ ( ހަތަރެސް ކަނަށް ކޮށާލާފައި )
  • 1 ޖޯޑު ކެބެޖް ( ހަތަރެސް ކަނަށް ކޮށާލާފައި )
  • 1 ޖޯޑު ކެރެޓް ( ގާނާފައި )
  • 1/2 ޖޯޑު ފެހި އާފަލު ( ހަތަރެސް ކަނަށް ކޮށާލާފައި )
  • 1/2 ޖޯޑު އޮރެންޖު ( ހަތަރެސް ކަނަށް ކޮށާލާފައި )
  • 1/2 ޖޯޑު މަޔޮނައިސް
  • 1 ސައި ސަމުސާ އަސޭމިރުސް
  • ރަހަ ލާ ވަރަށް ލޮނު
  • 2 ސައި ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ތަށްޓަކަށް މަޔޮނައިސް، އަސޭމިރުސް، ލޮނު އަދި ހަކުރު އަޅާފައި އެއްކޮށްލުމަށްފަހު ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.