ރެސިޕީ: މެންގޯ ލައްސީ

ރެސިޕީ: މެންގޯ ލައްސީ

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2022 07:04
0

މެންގޯ ލައްސީ އަކީ އިންޑިއާގައި މަޝްހޫރު ބުއިމެކެވެ. އިންޑިގެ ގިނަ ބާވަތް ތަކަކީ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ބާވަތް ތަކެކެވެ. އެ ގޮތުން ލައްސީއަކީ ދިވެހިންގެ މެދުގައި މަގްބޫލް ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

  • ދެ ތަށި ލޯ ފެޓް ޔޯގަޓް
  • ދެ ތަށި އަނބު
  • 1 މޭޒުމަތީ ސަމުސާ މާމުއި
  • 1 ސައިސަމުސާ ފޮނިތޮށި ( މުގުރި)
  • 1 ސައިސަމުސާ ލުނބޯ ހުތް
  • 1/2 ޖޯޑު ފެން
  • އައިސްކިއުބް

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާނީއެވެ. ފޮނި ރަހަ ހެޔޮވަރު ނޫންނަމަ އިތުރަށް މާމުއި އަޅާނީއެވެ. މީރު މީރު މެންގޯ ލަސީ ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.