ކުކުޅަކީ އާންމުކޮށް ދިވެހިންގެ މެދުގައި ތަފާތު ބާވަތްތައް ހެދުމަށް ބޭނުން ކުރާ މަގުބޫލު އެއްޗެކެވެ. ފިހެގެންނާއި ރިހަ ކައްކައިގެން، ނުވަތަ ކޮންމެވެސް ކަހަލަ ހެދިކާއެއް ހަދައިގެން ބޭނުން ކުރާ މަހުގެ ބާވަތެކެވެ. ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުމަށް މިފަހަރު މިގެެނެސް ދެނީ މީރު ކުކުޅެއް ފިހެލާނެ ގޮތެކެވެ.

ބޭނުންވާނެ ތަކެތި:
- 1 ކުކުޅު
- 1 ގިތެޔޮ މިރުސް
- 1 ސަމުސާ މުގުރި މިރުސް
- 1 ސަމުސާ ހަނާކުރި މިރުސް
- 1 ސަމުސާ ލޮނު
- 3-4 ސަމުސާ އޮލިވް އޮއިލް
- 1 ސަމުސާ އަސޭމިރުސް
- 1 ސަމުސާ ލޮނުމެދު ގާނާފައި
- 2 ސަމުސާ މާމުއި
- 2 ސަމުސާ ބްރައުން ޝުގަރ
- ބަޓަރ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ގިތެޔޮމިރުހަށް ތެޔޮ ކޮޅެއް އަޅާފައި އަވަނުގައި ފިހެލާށެވެ. އެއަށްފަހު ތަށްޓެއްގައި މުގުރި މިރުސް، ހަނާކުރި މިރުސް، އަސޭމިރުސް، ލޮނުމެދު ޕައުޑަރ، ބްރައުން ޝުގަރ އަދި ބައި ސަމުސާ ލޮނު އެކުވާނެ ހެން މިކްސް ކޮށްލާށެވެ.
މިކްސަރުން ކުރިން ފިހެލި ގިތެޔޮ މިރުސް، މާމުއި, އޮލިވް އޮއިލް، ބާކީ ބައި ސަމުސާ ލޮނު އަދި ކުރިން ތައްޔާރުކުރި މިކްސް އިން 2 ސަމުސާ މިކްސަރަށް އަޅައި މިކްސް ކޮށްލާށެވެ. އެއަށްފަހު މި މިކްސް ކުކުޅުގައި ރަނގަޅަށް އުނގުޅައި މަސާޖު ކޮށްލާށެވެ. އެއަށް ފަހު ރަނގަޅަށް ފިހެލާށެވެ.
ފަރާޓާ ނުނީ ނާން އާއި އެކުގައިވެސް މި ކުކުޅު ވަރަށް މީރުވާނެއެވެ.
ކޮމެންޓު ފޮނުވާ