ރޯދަމަހަށް ތައްޔާރުކޮށްލެވިދާނެ ތަފާތު ބުއިންތަކުގެ ތެރެއިން މިއަދު މި ގެނެސްދެނީ ބްލޫބެރީ ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ބްލޫބެރީ (ތާޒާ ނުވަތަ ގަނޑުކޮށްފައި)
- 1 ތަށި ޔޯގަޓް (ޕްލެއިން)
- 3/4 ޖޯޑު ރެޑިއުސްޑް-ފެޓް ކިރު
- 2 މޭޒުމަތީ ސަމުސާ ހަކުރު
- 1/2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
- 1/8 ސައިސަމުސާ ތަކޫވައް (ހިމުންކޮށް ގާނާފައި)
ތައްޔާރު ކުރާނެ ގޮތް:
މަތީގައި ބުނެވުނު ހުރިހާ އެއްޗެއް މިކްސަރަށް އަޅާފައި މިކްސަރު ޖައްސާށެވެ. އޮލަ ވަންދެން ގިރެންދެން ބަހައްޓާއިރު، އިރުއިރުކޮޅާ ސަމްސަލަކުން ކައިރިފަށް ސާފުކޮށްލާށެވެ. އެއްކޮށް އޮލަވުމުން، ބިއްލޫރި ތަށްޓަށް އަޅާފައި ބޯންވީއެވެ. ބޮޑަށް މީރުވާނީ ފިނިކޮށެވެ.
ކޮމެންޓު ފޮނުވާ