ރެސިޕީ: ގެރިކިރު ބޯކިބާ

ރެސިޕީ: ގެރިކިރު ބޯކިބާ

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2022 09:33
0

ގެރިކިރު ބޯކިބަލަކީ ވަރަށް މަދު ބާވަތްތައް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ ކާއެއްޗެކެވެ. ފަސޭހަައިން ތައްޔާރު ކޮލެވުނުކަމުގައި ވިޔަސް މިއީ ވަރަށް މީރު ބާވަތެއްގެ ބޯކިބަލެކެވެ.

ބޭނުންވާނެ ތަކެތި:
1 ދަޅު ގެރިކިރު
5 ބިސް
1 ޖޯޑު ގޮދަން ފުށް
ބައި ޖޯޑު ބަޓަރު
2 ސައިސަމުސާ ބޭކިންގ ޕައުޑަރ
އައިސިންގ ޝުގާ (އޮޕްޝަނަލް)

ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކުރުމަށް ޖައްސާށެވެ. އެއަށް ފަހު ޓްރޭގައި ބަޓަރުކޮޅެއް އުނގުޅާލާށެވެ. 9 އިންޗި ޓްރޭއް ރަނގަޅުވާނެއެވެ.

ދެން އައިސިން ޝުގާ ފިޔަވައި ހުރިހާ ތަކެތި ތަށްޓަކަށް އެޅުމަށްފަހު ހުރިހާ އެއްޗެއް ރީތިކޮށް މިކްސްވަންދެއް ގިރާލާށެވެ.

ރަނގަޅަށް ގިރުމުން ބަޓަރުކޮޅު ހޭކި ޓްރޭއަށް އަޅާލުމަށްފަހު ފިހަން ލާނީއެވެ. 350 ޑިގްރީގައި 20 މިނިޓް ވަންދެން ފިހެވުމުން ރަނގަޅަށް ފިހެވުންކަން ޔަގީން ކުރުމަށް ޓޫތުޕިކެއް ބޯކިބަލަށް ހަރާލާށެވެ. ޓޫތުޕިކުގައި އެއްވެސް އެއްޗެއް ނޫނގުޅޭ ކަމުގައި ވަނީނަމަ އެއޮތީ ފިހެވިފައެވެ.

ދެން ހިހޫ ވުމުން ފުރޭންޔަކުން މައްޗަށް އައިސިން ޝުގާ ކޮޅު ބުރުވާލާށެވެ. މިހާރު ގެރިކިރު ބޯކިބާ ހުންނާނީ ނިމިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.