ކަރީނާ މިއަަހަރު ހޯލީ ކުޅުނީ ތަފާތު ގޮތަކަށް!

ކަރީނާ މިއަަހަރު ހޯލީ ކުޅުނީ ތަފާތު ގޮތަކަށް!

Author
ފާތިމަތު ނާވީ
19 މާރޗް 2022 01:44
0

ދަރިންނާއި އެއްބަނޑު އެއްބަފާ ދައްތަ އެކްޓްރެސް ކަރިޝްމާ ކަޕޫރާ އެކުގައި ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ތަރި ކަރީނާ ކަޕޫރު މި އަހަރުގެ ހޯލީ ފާހަގަ ކުރީ ތަފާތު ގޮތަކަށެވެ.

ވަރަށް ކުލަ ގަދަކޮށް އިންޑިއާ ގައި ފާހަގަ ކުރާ ހޯލީ ފެސްޓިވަލަކީ ކުލައާއި ފެން ކުޅީގެ ދުވަހެކެވެ. ނަމަވެސް ކަރީނާ ހުރީ ރާއްޖޭގައެވެ. އެހެން ކަމުން ކުލަ ކުޅުމުގެ ބަދަލުގައި އޭނާ ވަނީ ވެލި ކުޅެފައެވެ.

އެދުވަހުގެ ތަހުނިޔާ އާއެކު އިންސްޓަގްރާމްގައި ކަރީނާ ވަނީ ކުޑަދަރިފުޅު ޖެހް އާއެކު ވެއްޔާ ކުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ޕޯސްޓް ކޮށްފައެވެ.

މިދިއަ އަހަރުވެސް ކަރީނާގެ އާއިލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު އެމީހުން ރާއްޖެއައީ ސައިފްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.