މާދަމާ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް: ސްޓެލްކޯ

މާދަމާ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 09:49
0

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކާ މާދަމާ ހެނދުނު މާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ މެންދުރު 13:00 އިން 15:00 އަށް މާފަންނުގެ އަލިވިލާމަގާއި، ޖަވާހިރުމަގު އަދި މިރިޔާސްމަގުގެ އިތުރުން، އުނިގަސްމަގާއި، މަޖީދީމަގުހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މާދަމާ ހެނދުނު 10:00 އިން 11:30 އަށް ހެންވޭރާއި، ގަލޮޅުގެ ކަށިމާހިނގުމާއި، ބުރުޒު މަގު އަދި ލޮނުޒިޔާރަތް މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް މައްސަލަތައް ކުޑަކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް ރޯދަމަސް އޮތުމާއިއެކު މާލެ ސަރަހައްދުގެ ކަރަންޓުގެ ކަންކަން ރަނގަޅު ކުުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.