ނިކިތާއާ ކައިވެނި ކުރަން ނޫޅޭ ކަމަށް ޖުބިން ބުނެފި

ނިކިތާއާ ކައިވެނި ކުރަން ނޫޅޭ ކަމަށް ޖުބިން ބުނެފި

Author
ފާތިމަތު ނާވީ
17 މާރޗް 2022 06:40
0

ކުޑަ ދުވަސްކޮޅެއް ކުރިން ނޫސްތަކުގެ ފަލަ ސުރުހީއަށް ޖުބިން ނައުޓަލިޔާ އާއި ނިކިތާ ދައްތާ ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތައް ވަނީ އަރާފައެވެ.

މި ވާހަކައެއް ދެކެވެން ފެށުނީ މި ދެމީހުން އެކުގައި ރެސްޓޯރަންޓެއްގެ ތެރެއިން ފެނުމާ ގުޅިގެންނެވެ. ހަމަ އެހެންމެ ދެމީހުން އެކުގައި ގިނަ ތަންތަނުން ފެންނަ ކަމަށާއި އެ ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމަށް ޚަބަރުތައް ފެތުރުނެވެ. މީގެއިތުރުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަަމަށް ވެސް ބައެއް ނޫސްތަކުން ޚަބަރު ފެތުރިއެވެ.

އަދި ދެމީހުންގެ އާއިލާވެސް ބައްދަލުކޮށް ނިކިތާވެސް ޖުބިންގެ އާއިލާއާ ބައްދަލުކުރަން ގޮސްފައިވާކަމަށް ޚަބަރުތައް ފެތުރިފައި ވެއެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެމުން ޖުބިން ބުނެފައިވަނީ އެދެމީހުން ކައިވެނި ކުރަން ނޫޅޭކަމަށާއި އެދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. އަދި މީގެ ކުރިންވެސް ދެމީހުން ބައްދަލު ކުރާ ކަމަށް ޖުބިން ވަނީ ބުނެފައެވެ. އަދި ދެމީހުންގެ ގުޅުމަކީ ކޮން ގުޅުމެެއް ކަމާމެދު ވަކި ކޮމެންޓެއް ކުރަން އޭނާ ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.

ޖުބިން އަކީ ފަހަކަށް އައިސް އިންޑިއާގައި އުފެދުނު އެންމެ މޮޅެތި ލަވަކިއުންތެރިންގެ ތެރޭގައި ގުނާލެވޭ ލަވަ ކިއުންތެރިއެކެވެ. އަދި ނިކިތާ މަޝްހުރު ވެގެން ދިއައީ ސިލްސިލާ ޑަރާމާ ތަކުންނެވެ. އޭގެ އިތުރުން އޭނާ ވަނީ ފިލްމް ތަކުވެސް ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.