ވައްކަމުގެ މައްސަލައެއްގައި ރޫޕާ ދައްތާ ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި ރޫޕާ ދައްތާ ހައްޔަރުކޮށްފި

Author
ފާތިމަތު ނާވީ
18 މާރޗް 2022 09:27
0

ކަލްކަތާ އިންޓަނޭޝަނަލް ބުކްފެއަރ ތެރެއިން މީހެއްގެ އަތްދަބަސް ވަގަށް ނެގި މައްސަލައެއްގައި އެކްޓްރެސް ރޫޕާ ދައްތާ ހައްޔަރު ކޮށްފިއެވެ.

އޭނާ މަޝްހޫރު ކަން ހޯދާފައިވަނީ ބެންގާލީ ފިލްމްތައް ކުޅެގެންނެވެ. މީގެ އިތުރުން ބައެއް ޑްރާމާ ތަކާއި ހިންދީ ފިލްމުތައްވެސް އޭނާ ކުޅެފައި ވެއެވެ.

ރޫޕާ މީގެ ކުރިންވެސް ވަނީ އެކި އެކި ވައްކަންތައް ކޮށްފައެވެ. އަދި ކޮށްފައިވާ ވައްކަންތައް ލިޔެފައިވާ ފޮތެއްވެސް އޭނާގެ އަތުން ފުލުހުން ވަނީ ހޯދާފައިއެވެ.

ރޫޕާ ފުލުހަށް ހާޒިރުކޮށް ބަލައި ފާސްކޮށް އެދަބަހުން ވަގަށް ނަގާފައިވާ، 75،000 އިންޑިއަން އުޕީސް ވަނީ އޭނާގެ އަތުން ހޯދާފައެވެ. އަދި ރޫޕާ ވަނީ އޭނާގެ ކުށަށް އެއްބަސްވެފައެވެ. ތަހުގީގުތައް ކުރިއަށްދާ ކަމަށާއި ރޫޕާގެ މި ވައްކަމުގައި އެހެން ބަޔަކު ބައިވެރިވެފައިވޭތޯ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އޭނާ މަޝްހޫރު ކަން ހޯދާފައިވަނީ ބެންގާލީ ފިލްމްތައް ކުޅެގެންނެވެ. މީގެ އިތުރުން ބައެއް ޑްރާމާ ތަކާއި ހިންދީ ފިލްމުތައްވެސް އޭނާ ކުޅެފައި ވެއެވެ.

މީގެ ކުރިން ރޫޕާ ވަނީ ބޮލީވުޑް ފިލްމު ޑައިރެކްޓަރ އަނޫރާގް ކަޝްޔަޕް ޖިންސީ ގޯނާކުރިޔޭ ކިޔައިގެން ވެސް ދޮގު ވާހަކަތަކެއް ދައްކާފައެވެ. އަދި މިއީ އޭނާ ހަދައިގެން ދެއްކި ވާހަކައެއްކަން ފަހުން ވަނީ ސާބިތުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.