ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ދެމުންދާ ހެލްތް އިންޝުއަރެންސްގައި މިހާރު މައިންބަފައިން ބައިވެރިކުރެނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ސްޓޭލްކޯގެ މެނޭޖިގް ޑިރެކްޓަރުގެ މަޤާމާއި، އަހުމަދު ޝަރީފް ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ކުންފުނީގެ މުވައްޒިފުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލުތަކެއް ހޯދައި ދިނުމަށެވެ. އެގޮތުން މިއަދު ވަނީ ސްޓެލްކޯގެ މުވައްޒިފުންނަށް ޚާއްސަ ހެލްތު އިންޝުއަރެންސް ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ، މިފަހަރުގެ ސްކީމްގައި އެލައިޑްގައި ހަމަޖެހިފައިވާ އުސޫލުން މުވައްޒަފު ބޭނުންވާނަމަ މައިންބަފައިން ވެސް ބައިވެރި ކުރެވޭނެ ކަމަށެވެ.
މިހާރުގެ ސްކީމްގައި އެލައިޑްގައި ހަމަޖެހިފައިވާ އުސޫލުން ސްޓާފުން ބޭނުންވާނަމަ މަންމައާއި ބައްޕަވެސް ސްކީމްގައި ބައިވެރި ކުރެވޭނެ.
– ސްޓޭލްކޯގެ އެމްޑީ ޝަރީފް ވިދާޅުވިއެވެ.
Mifaharu ge scheme ga Allied ga hamajehifa vaa usoolskun staff beynun vaa nama mamma aa bahpa ves scheme ga baiveri kureveyne https://t.co/O3kVIDbqeK
— Ahmed Shareef (@ShareefRangondi) March 16, 2022
ސްޓެލްކޯއިން ބުނެފައިވަނީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް ހެލްތް އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު ވަނީ އެކަންބޮޑުވުންތަކަށް ހައްލު ހޯދާދެވިފައި ކަމަށެވެ. އެގޮތުން ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.
އަދި މި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށެވެ.
ކޮމެންޓު ފޮނުވާ