"މަންޑޭލާ ރޫލްސް" ޕްރޮގުރާމެއް ޖަލު އޮފިސަރުންނަށް ހިންގައިފި

"މަންޑޭލާ ރޫލްސް" ޕްރޮގުރާމެއް ޖަލު އޮފިސަރުންނަށް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެން “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” އާ ގުޅޭ ގޮތުން ޕްރިޒަން އޮފިސަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ރިފްރެޝަރ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ މި ބެޗްގައި މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މިއީ މިގޮތުން ހިންގޭ ދެވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

މިގޮތުން ހުރިހާ ޕްރިޒަން އޮފިސަރުންނަކީ ދި ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި “ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމްއިން ތަމްރީންކުރެވިފައިވާ 14 އޮފިސަރުން ޓްރޭނަރސްގެ ގޮތުގައި ޓްރޭންކުރެވިފައެވެ. އަދި މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝަރ ޓްރޭނިންގ ކުރިއަށް ގެންގޮސްފައިވަނީ ޓީއޯޓީ ފުރިހަމަކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ޕްރިޒަން ސާރްޖެންޓް ފާތިމަތު ޒޫނާ އާއި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދުއެވެ.

މި ރިފްރެޝަރ ޕްރޮގްރާމްގެ 03 ވަނަ ޕްރްގްރާމް މިއަހަރުގެ އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *