ކަރިޝްމާ އާއި ކަރީނާ ރާއްޖޭގައި

ކަރިޝްމާ އާއި ކަރީނާ ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ދެބެއިން ކަމުގައިވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކްޕޫރު ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އިއްޔެ ޕަޕަރާޒީންނަށް ވަނީ ކަރީނާ އޭނާގެ ދެދަރިން ކަމުގައިވާ 5 އަހަރުގެ ތައިމޫރު އާއި 1 އަހަރުގެ ޖަހަންގީރް (ޖެހް) އެކު މުމްބައިގެ އެއާޕޯޓުން ފެނިފައެވެ. މި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

އަދި ހަމަ އެހެންމެ ކަރިޝްމާވެސް ވަނީ އިއްޔެ އެގަޑީގައި އެއާޕޯޓުން ފެނިފައެވެ. ނަމަވެސް ކަރިޝްމާގެ ދެ ދަރިން ކުރެ އެއްވެސް ކުއްޖެއް އެއާޕޯޓުން ނުއެއް ފެނެއެވެ. އަދި ހަމަ އެހެންމެ މި ދަތުރުގައި ސައިފްވެސް ބައިވެރި ނުވާ ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Bombay Times (@bombaytimes)

މައުލޫމާތު ލިބޭ ގޮތުގައި މި މިމީހުން ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައެވެ. ނަމަވެސް މި މީހުން ޗުއްޓީ ހޭދަ ކުރާ ރިސޯޓެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިއަ އަހަރުވެސް ކަރީނާ ވަނީ ރާއްޖޭގައ ޗުއްޓީ ހޭދަކޮށްފައެވެ. އެ ދަތުރުގައި ސައިފް އާއި އެމީހުންގެ ދެކުދިން ވަނީ ބައިވެރި ވެފައެވެ. އެ ދަތުރަކީ ސައިފް ގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކުރި ދަތުރެއް ވެސް މެއެވެ. ހަމަ އެހެންމެ އެ ދަތުރުގައި ކަރީނާ ވަނީ ފުރަތަމަ ފަހަރަށް ހަގު ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލައި، ވަރަށް ތާރީހީ ޗުއްޓީއެއްގެ ގޮތުގައި އެ ޗުއްޓީ ފާހަގަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *