ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2022 02:03
0

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ

ފުލުހުން ބުނެފައިވަނީ މިތަކެތި ނައްތައިލާފައިވަނީ މި މާރިޗު މަހުގެ 14 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގައެވެ.

އެގޮތުން، ނައްތާލާފައިވަނީ 246 ފުޅި ބަނގުރައާއި 106 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2021 ޑިސެމްބަރ 15 އިން މި ދިޔަ ފެބްރުވަރީ 7 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.