ޗެލްސީ ފަހު ވަގުތު ޖެހި ލަނޑުން މޮޅުވިއިރު، އާސެނަލް އަލުން ގަދަ ހަތަރަކަށް

ޗެލްސީ ފަހު ވަގުތު ޖެހި ލަނޑުން މޮޅުވިއިރު، އާސެނަލް އަލުން ގަދަ ހަތަރަކަށް

Author
ޔޫސުފް
14 މާރޗް 2022 02:52
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ފަހު ވަގުތު ޖެހި ލަނޑުން މޮޅުވިއިރު، އާސެނަލް އަލުން ގަދަ ހަތަރަކަށް ކުރިޔަށް ޖެހިލައިފިއެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެން މެޗު ކާމިޔާބުކޮށްފައިވާއިރު، އާސެނަލް ވަނީ 0-2 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް ތާވަލްގެ ހަތަރު ވަނަ މަގާމަށް އަލުން ކުރިޔަށް ޖެހިލާފައެވެ.

ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު 28 މެޗުން ހޯދި 59 ޕޮއިންޓާއެކު އެޓީމު އޮތީ 3 ވަނައިގައެވެ. އަދި 26 މެޗުން ހޯދި 51 ޕޮއިންޓާއެކު އާސެނަލް އޮތީ 4 ވަނައިގައެވެ.

ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ.

ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އާސެނަލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ތޯމަސް ޕާޓޭއެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ، އަލެކްސަންޑަ ލަކަޒޭޓްއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.