ޖުބިން އާއި ނިކިތާ ކައިވެނި ކުރަނީ!

ޖުބިން އާއި ނިކިތާ ކައިވެނި ކުރަނީ!

Author
ފާތިމަތު ނާވީ
13 މާރޗް 2022 07:45
0

މަޝްހޫރު ލަވަކިއުން ތެރިޔާ ޖުބިން ނައުޓިޔާލް އާއި އެކްޓްރެސް ނިކިތާ ދަތު ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖުބިން އަކީ އިންޑަސްޓްރީގައި ނަންހިގާ ނުފޫޒުގަދަ ލަވަކިއުންތެރިއެކެވެ. އެގޮތުން ނިމިދިއަ 2021 ވަނަ އަހަރަކީ ފާހަގަ ކޮއްލެވޭ އަހަރެކެވެ. އޭނާ މިދިއަ އަހަރު ކީ ހުރިހާ ލަވައެއް ވަނީ ސުޕަރހިޓްވެފައެވެ.

ނިކިތާ އާންމުންގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވަނީ ޓީވީ ޑްރާމާ ތަކުންނެވެ. އޭގެފަހުން އޭނާ ވިދާލާފައިވަނީ ފިލްމު "ކަބީރް ސިންގް" ގައި ކުޅުނު ހިއާ ޝަރްމާގެ ރޯލުންނެވެ.

ޖޫބިން އާއި ނިކިތާގެ ކައިވެނީގެ ވާހަކަތަށް ނޫސްތަކުން ފެތުރި ނަމަވެސް މި ދެ ފަންނާނުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ދެތަރިން އެކުގައި ވަނީ ފެންނަން ފަށާފައެވެ. އެގޮތުން އެކުގައި ޑިނާ ޑޭޓް ތަކާއި ލަންޗް އަދި ބްރެކްފާސްޓް ތަކުންވެސް އަންނަނީ ފެންނަމުންނެވެ. އަދި އެކުގައި ވަގުތު އަންނަނީ ހޭދަކުރަމުންނެވެ. އަދި މީޑިއާގެ ލެންސްތަކަށް ދެތަރިން އެކުގައި ހޭދަކުރާ ވަގުތުތައް އަންނަނީ އަރަމުންނެވެ.

 

View this post on Instagram

 

A post shared by Sneh Zala (@snehzala)

ޚަބަރުތަށް ބުނާގޮތުގައި މިދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދެތިން މަހެއް ވެދާނެއެވެ. އަދި ދެމީހުންވެސް މި ގުޅުމާއި ވަރަށް ސީރިއަސް ކަމަށް ވެއެވެ. މި ދެމީހުން ގެ ގުޅުން ބަދަހި ވެފައިވަނީ "ކަބީރު ސިންގް" ކުޅުން ދުވަސްވަރުގައެވެ.

 

View this post on Instagram

 

A post shared by Telly Talk (@tellytalkindia)

މީގެ ކުރިން ދީފައިވާ އިންޓަވިއު ތަކުގައި ޖުބިން ބުނެފައިވަނީ ކައިވެންޏާ ހަމައަށް ދާން އަދި އަވަސް ކަމަށާއި ކެރިއަކުގެ ކުރީކޮޅު ކަމަށްވުމުން ވަރަށް ބިޒީ ކަމަށާއި އަދި ކައިވެންޏަށް ވަގުތު ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.