ބޮލީވުޑްގެ މެގަ ސްޓަރ އަމިތާބް ބައްޗަން އާއި އަޖޭ ދޭވްގަން އެކުގައި ފެނިގެންދާ "ރަންވޭ 34″ ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.
މި ފިލްމަށް އެންމެ ފުރަތަމަ ކިޔާފައިވަނީ "މޭޑޭ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން "ރަންވޭ 34″ އަށް ވަނީ ބަދަލުކޮށްފައެވެ. މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޖޭއާއެކު އަމީތާބް ބައްޗަން އަދި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ. މީގެއިތުރުން އަންގިރާ ދަރް، ބޮމަން އިރާނީ، އަކަންކްޝާ ސިންގް އަދި ނަރޭޝް ނާރާޔަން ވެސް ފިލްމްގެ މުހިންމު ބައިތަކުން ފެނިގެންދާނެއެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ޑްރާމާ މިސްޓްރީ މި ފިލްމަކީ 2015 ވަނަ އަހަރު އިންޑިއާގައި މަތިންދާބޯޓެއް ރަންވޭއަކުން ކަހާލައިގެން ހިންގާފައިވާ ނުރައްކާތެރި ހާދިސާއެއްގެ ވާހަކަތައް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި އަންނަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހަށެވެ.
ކޮމެންޓު ފޮނުވާ