ބޮޑީ ޝޭމިންގ އާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު: ފަރްދީން

ބޮޑީ ޝޭމިންގ އާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު: ފަރްދީން

ފަރްދީން ޚާނަކީ އޭނާގެ ކެރިއަރުގެ އެންމެ އުހުގައި ރަސްކަން ކުރިއިރު އެންމެ ރީތި އެއް ފިރިހެން އެކްޓަރު ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އޭނާގެ ފިރިހެންވަންތަ ކަމާއި އެ ލޯބި މޫނު ކޮޅަކީ ގިނަ އަންހެން ކުދިންގެ ހިތާއި ކުޅެލާފައިވާ އަދާތަކެވެ. އަދި އެ ހިނިތުންވުމަށް ފިދާވާ އެތަށް ބަޔަކުވެސް ތިއްބެވެ.

ނަމަވެސް ބޮލީވުޑާ ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު އަނެއްކާވެސް އޭނާ ވަނީ އެނބުރި އައިސް ކެރިއަރު ކޮޅަށް ޖެހޭތޯ މަސައްކަތް ފަށާފައެވެ.

ފިލްމީ ދާއިރާއާއި ދުރުގައި ހޭދަކުރި ދުވަސްވަރު މީހުންގެ މަލާމާތް ވަރަށް ބޮޑަށް ލިބުނު ކަމަށާއި ބޮޑި ޝޭމިންގ އާ ކުރިމަތިލާން ޖެހުނު ކަމަށް ދާދިފަހުން ދިން އިންޓަވިއު އެއްގައި ފަރުދިން ވަނީ ބުނެފައެވެ.

"ދުވަހަކުވެސް ބުލީ އާއި ކުރިމަތި ނުވޭ. އެކަމަކު ފަލަވުމުން މީހުންގެ މަލާމާތް ވަރަށް ބޮޑަށް ލިބުނު. އެކަމަކު އެ ދުވަސްތަކަކީ އާއިލާ އާއެކު ވަގުތު ހޭދަކޮށް އަހަރެންނަށް މިނިވަންކަން ލިބުނު ވަގުތު ތަކެއް. ޝޯވ އަކަށް ދިއުމެއް ފިލްމު ސެޓަށް ދިއުމެއް ޝޫޓިން އެއް ނުފެށިގެން ހާސްވާކަށް ނުޖެހޭ. ހުރިހާ ވަގުތެއް ދިނީ އާއިލާ އާއި އަމިއްލަ ނަފުސަށް." އެކަމާއި ގުޅޭގޮތުން ވާހަކަ ދަައްކަމުން ފަރްދީން ބުނެފައިވެއެވެ.

އޭނާ ވަރަށް ބޮޑަށް ފަލަވެ މުޅިން ސޫރަ ގެއްލި ވަކި ނުވާވަރު ވެފައިވާ ފޮޓޯއެއް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި އެ ފޮޓޯތަކުން އެ ފެންނަނީ އޭނާތޯ ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފައެވެ. ސަބަބަކީ ފިލްމު ތަކުން ފެންނަ ފަރްދީނާ އެ ފޮޓޯ ތަކުން ފެންނަ ފަރުދީނާ އުޑާ ބިމާހާ ތަފާތު ވުމެވެ.

ނަމަވެސް އަނެއްކާވެސް މިވަނީ އެދުވަސްތައް ފާއިތު ވެފައެވެ. ކުރީ ހުރި ބައްޓަމަށް މިހާރު އޭނާ އަނބުރާ ރުޖޫޢަ ވެފައި ހުރިއިރު އޭނާ އަންނަނީ ފިލްމީ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ "ވިސްފޮޓް" ކިޔާ ފިލްމަ އަކުންނެވެ. އެ ފިލްމް ވަނީ މިއަހަރު ރިލީޒް ކުރުމަށް ތާވަލް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *