ތުޝާރު އެންގޭޖު ވެއްޖެ

ތުޝާރު އެންގޭޖު ވެއްޖެ

Author
ފާތިމަތު ނާވީ
08 މާރޗް 2022 07:34
0

"ޑާންސް ދީވާނޭ"ގެ އެއްޖަޖު އަދި މަޝްހޫރު ކޮރެއޮގްރާފަރ އަދި ނެށުންތެރިއާ ތުޝާރު ކާލިއާ އެންގޭޖްވެފައިވާކަން އިއްޔެ އިއުލާން ކޮށްފިއެވެ.

ލޯބިވެރިއާ ތްރިވެނީ ބަރްމަންއާއި އެކުގައި ނަގާފައިވާ ލޯބި ފޮޓޯއެއް ހިއްސާކޮށް ތުޝާރު ބުނެފައިވަނީ "ޝީ ސެއިޑް ޔެސް" އެވެ.

 

View this post on Instagram

 

A post shared by Tushar Kalia (@thetusharkalia)

އަދި މިއީ އޭނާގެ އުފަންދުވަހާދިމާކޮށް ލިބުނު އެންމެ ރަނގަޅު ހަދިޔާ ކަަމަށް ވެސް ބުނެފައިވެއެވެ. މި ފޮޓޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލުމާއެކު ވަނީ ގިނަބަޔަކު މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

ތުޝާރު ވަނީ "އޭ ދިލްހޭ މުޝްކިލް" އާއި "ހާފް ގާލްފްރެންޑް" އަދި "އޯކޭ ޖާނޫ" ފަދަ ފިލްމްތަކުގައި ކޮރެއޮގްރާފް ކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.