ސިދާތު އަބަދުވެސް ބޭނުންވީ އަހަރެން އުފާ ވެފައި ހުންނަން: ޝެހެނާޒް

ސިދާތު އަބަދުވެސް ބޭނުންވީ އަހަރެން އުފާ ވެފައި ހުންނަން: ޝެހެނާޒް

Author
ފާތިމަތު ނާވީ
08 މާރޗް 2022 06:59
0

މިދިއަ އަހަރު ހާޓް އެޓޭކެއް ޖެހިގެން ކުއްލިގޮތަކަށް ދުނިޔެއާ އަލްވަދާއުކިޔާފައިވާ އެކްޓަރ ސިދާތު ޝުކްލާ އަބަދުވެސް ބޭނުން ވަނީ ލޯބިވެރިއާ ޝެހެނާޒް ގިލް އުފާވެފައި ހުންނަން ކަމަށް އޭނާ ބުނެފިއެވެ.

ޝިލްޕާ ޝެޓީ، މިމަހުގެ 11 ވަނަ ދުވަހުންފެށިގެން ގެނެސްދިނުމަށް ތައްޔާރުވެފައިވާ ޓޯކް ޝޯގައި ޝެހެނާޒް ބައިވެރިވެ ވަނީ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. މި ޝޯގައި އޭނާ ވަނީ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުގެ ވާހަކަވެސް ހިއްސާކޮށްފައެވެ.

މި ޝޯގައި ޝެހެނާޒް ވަނީ ސިދާތުގެ ހަދާންތައް އާކޮށް އެދެމީހުންގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ޝެހެނާޒާއި ސިދާތު ދިމާވީ ބިގްބޮސްގެ ގެއިންނެވެ. އެއަށްފަހު މި ގުޅުން ބަދަހިވަމުން ގޮސް ލޮތްބަށް ބަދަލުވެ ސިދާތުގެ ގެއަށް ވެސް ޝެހެނާޒް ވަނީ ބަދަލުވެފައެވެ.

ސިދާތުގެ ކުއްލި މަރުން ލިބިފައިވާ ހިތާމައިން އަދިވެސް ޝެހެނާޒަށް އަރައިނުގަނެވޭ އިރު އެދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި އެގުޅުން އެކަކަށްވެސް ކަނޑުވައި ނުލެވެނެ ކަމަށް ދެތަރިން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

ޝެހެނާޒް މީހުންނަށް އެނގެން ފެށީ އޭނާ ބިގްބޮސް ގައި ވާދަކުރި ފަހުންނެވެ. މިދިޔަ އަހަރު އޭނާ ވަނީ "ހޯސްލާ ރަކް" ކިޔާ ފިލްމަކުން ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.