އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ، ތާރީޚެއް ކަނޑައެޅުން މާދަމާރޭ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ، ތާރީޚެއް ކަނޑައެޅުން މާދަމާރޭ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2022 08:29
0

ޚިޔާލު ތަފާތުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅާނެ ދުވަހެއް، މާދަމާރޭ ކަނޑައެޅުމަށް ނިންމައިފިއެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް ބައްދަލުވުމުގައި ޗެއާޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫޚާއި، ޒުވާނުންގެ ރޫޚުގެ އިްތިޚާބު ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއިމެދު ގޮތްތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު ގެނެވޭނީ ޤައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. މިހާރު ބާއްވާ ތާރީހު ދިމާވަނީ ރަމަޟާން މަހަށް ވުމުން، އިންތިޚާބު އެއަށްވުރެއް ފަސް ކުރުމަށް ފައްޔާޒުވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ހުށަހެޅުމަށް އިންތިގެ ޓީމުން ތާއީދު ނުކުރެއެވެ. އިންތިގެ ޓީމުން ބޭނުންވަނީ އިންތިޚާބު ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވުމަށް ނުވަތަ، އެއަށްވުރެއް އަވަސް ކުރުމަށެވެ.

މިއިންތިޚާބު މިހާރު ބާއްވާނެ ތާރީޚެއް ކަނޑައެޅުން މާދަމާ އޮންނައިރު، މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިހާތަނަށް އެންމެ ވާދަވެރިކޮށްދާ މިއިންތިޚާބުގައި އިންތިއާއި ފައްޔާޒުގެ ޓީމުންދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. މިއިންތިޚާބަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު ނިންމާނެ ގޮތެއް ސާފުވާނެ އިންތިޚާބެއްކަމަށް ގިނަބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.