މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ހައްޔަރު ކުރުމަށް މޮރާދަބާދުގެ ކޯޓަކުން އަމުރު ނެރެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސޮނާކްޝީއާ ދެކޮޅަށް ކަފާލާތުގެ ދަށުންވެސް މިނިވަން ނުވާނެ ކަހަލަ، ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ، ޕްރަމޯދު ޝަރުމާ ނަމަކަށް ކިޔާ މީހަކު އިންތިޒާމު ކުރި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޝޮނާކްޝީއަށް ދައުވަތު ދީ، އެކަމަށްޓަކައި 37 ލައްކަ އިންޑިއަން ރުޕީސް ދެއްކި ނަމަވެސް އެ ހަފުލާއަށް ސޮނާކްޝީ ނުދާތީއެވެ.
އަދި މި ހަފުލާއަށް ސޮނާކްޝީ ހާޒިރު ނުވުމުން އެފައިސާ އަނބުރާ ހަވާލު ކުރުމަށް އެދުމުން ސޮނާކްޝީގެ މެނޭޖަރު އެކަމަށް ދެކޮޅު ހަދާފައި ވާކަމަށް ސޮނާކްޝީ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވެއެވެ. މީގެ އިތުރުން އެ ފައިސާ ހޯދުމަށް އެތަށް ފަހަރެއްގެ މަތިން މަސައްކަތް ކޮަށްފައި ވާކަމަށްވެސް ބުނެފައި ވެއެވެ.
ސޮނާކްޝީ ހައްޔަރުކުރުމަށް އަމުރު ނެރުނު ނަމަވެސް އޭނާ އަދި މިހާތަނަށް ހައްޔަރެއް ނުކުރެއެވެ.
Meanwhile.
Arrest warrant issued by a local court against actress Sonakshi Sinha in a 2019 fraud case registered against her in UP's Moradabad district. pic.twitter.com/7PCDPpSi1k
— Piyush Rai (@Benarasiyaa) March 5, 2022
އެ އިވެންޓަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް އިވެންޓެކެވެ. އިވެންޓް އިންތިޒާމުކުރި މީހުން ޗީފް ގެސްޓެއްގެ ގޮތުގައި ހަމަޖެއްސީ ސޮނާކްޝީއެވެ. ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވަނީ 2019 ވަނަ އަހަރުގައެވެ.
މި މައްސަލާގައި ބަޔާން ދިނުމަށް ފުލުހަށް ވެސް ސޮނާކްޝީ ހާޒިރު ނުވާކަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލާގައި ސޮނާކްޝީ ވެސް އަދި އޭނާގެ މެނޭޖަރުވެސް އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައި އެއް ނުވެއެވެ.
ސޮނާކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަލްމާން ޚާންގެ "ދަބަންގް ޓުއާ" އިންނެވެ.
ކޮމެންޓު ފޮނުވާ