2016 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ޚަބަރުތަށް ބުނެފިއެވެ.
މި ފިލްމުގެ ލީޑުރޯލުން ފެނިގެން ދިޔައީ ހަރްޝްވަރުދަން ރާނޭ އާއި ޕާކިސްތާނުގެ އެކްޓްރެސް މާވްރާ ހުސެންއެވެ.
ހަރްޝްވަރުދަން ވަނީ އޭނާގެ އިންސްޓަގްރާމްގައި އެކަން ކަށަވަރު ކޮށްދީފައެވެ. އަދި މިއަހަރު އޭގެ ދެވަނަ ބައެއް ނެރޭނެކަމަށް ވެސް ހަރްޝްވަރުދަން ވަނީބުނެފައެވެ.
"ސަނަމް ތޭރީ ކަސަމް"ގެ ދެ ވަނަ ބައިން ވެސް ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އިންދަރުގެ ރޯލުން ފެނުނު ހަރްޝްވަރުދަންއެވެ. ނަމަވެސް ބަތަލާގެ ރޯލުން ފެންނާނީ ކޮން ތަރިއެއް ކަމެއް އަދި ނޭނގެއެވެ.
ކޮމެންޓު ފޮނުވާ