ބޮލީވުޑްގެ މަގުބޫލު އެކްޓްރެސް ޝިލްޕާ ޝެއްޓީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސުކީ"ގެ ޝޫޓިން ފަށައިފިއެވެ.
މިދިޔަ ހަފްތާގައި ޝިލްޕާ ވަނީ މި ފިލްމު އިއުލާންކޮށް ސޯޝަލް މީޑިއާގައި ފިލްމުގެ 'ފަސްޓްލުކް' ޝެއާ ކޮށްފައެވެ.
މިއީ ދިގުމުއްދަތެއްގެ މެދުކެނޑުމަކަށްފަހު ޝިލްޕާ އެނބުރި ބޮޑުސްކްރީނަށް އައިސް ކުޅޭ 3 ވަނަ ފިލްމެވެ.
ޓީ ސީރިޒުން ނެރޭ މި ފިލްމު ޑައިރެކްޓް ކުރަނީ ސޮނާލް ޖޯޝީއެވެ. ފިލްމާ ބެހޭގޮތުން އަދި މާގިނަ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
މިދިއަ އަހަރު ވަނީ ޝިލްޕާ އެނބުރި ބޮޑު ސްކްރީނަށް އައި ފިލްމު ރިލީޒްކޮށްފައެވެ. "ހަންގާމާ 2″ ރިލިޒް ކުރި ނަމަވެސް ފިލްމަށް އުންމީދު ކުރިވަރާއި ގަތަށްވެސް ސަޕޯޓްލިބިފައި ނުވެއެވެ.
ޝިލްޕާ ދެން އެންމެއަވަހަށް ފެނިގެން ދާނީ ފިލްމު "ނިކަންމާ" އިން އަބިމަންޔު ދެސާއީ އާއި ޝިރްލީ ސެތިއާއާ އެކުގައެވެ.
ކޮމެންޓު ފޮނުވާ