15 ފެބްރުއަރީ 2021 ގައި ވައިބަވް ރޭކީއާ ކައިވެނި ކުރި ބޮލީވުޑް އެކްޓްރެސް ދިއާ މިރްޒާ، ބަނޑުބޮޑުކަން ހާމަކުރީ ކައިވެންޏަށް ފަހު ރާއްޖޭގައި ނަގަފާއިވާ ފޮޓޯއަކާއި އެކުގައެވެ.
ކައިވެންޏަށް ދެމަހުގައި އެޕްރިލް 1 ވަނަ ދުވަހު ދިއާ ބަނޑުބޮޑުކަން ހާމަކުރިއިރު އޭނާ ވިހާފައިވަނީ މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހުއެވެ. އެކުއްޖާ އަށް ކިޔާފައިވަނީ އަޒާދް ރޭކީއެވެ. ނަމަވެސް މިހާތަނަށް އެކުއްޖާގެ ފޮޓޯއެއް ދިއާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ދިއާ ވަނި ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން މަދު ވަގުތު ކޮޅެއް ތެރޭގައި ވަނީ ވައިރަލް ވެފައެވެ.
ދިއާ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދުނު ތަރިއެއް ނޫނެވެ. އަދި އޭނާ މިހާރު ފިލްމުތަކުން ފެންނަމުން ދަނީވެސް ވަރަށް މަދުނެވެ. ނަމަވެސް އޭނާ އަކީ ސޯޝަލް މީޑިއާއާ ވަރަށް ރައްޓެހި ތަރިއެކެވެ.
ދިއާ ވަނީ މީގެ ކުރިން ސާހިލް ސަންގާއާ ކައިވެނިކޮށްފަ އެވެ. ސާހިލަކީ ލިޔުން ތެރިއެއްގެ އިތުރުން ޕްރޮޮޑިއުސަރެއްވެސް މެއެވެ. މިކައިވެނި ނިމުމަކަށް އައިސްފައިވަނީ 2019 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ