ސީޕީ ހަމީދާއި، ފުލުހުންގެ އިސް ބޭފުޅުންނާއި ޝާހިދު ބައްދަލުކުރައްވައިފި

ސީޕީ ހަމީދާއި، ފުލުހުންގެ އިސް ބޭފުޅުންނާއި ޝާހިދު ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޖިމީ
05 މާރޗް 2022 10:24
0

މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސް ބޭފުޅުން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާންމު މަޖިލީހުގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި ފުލުހުންގެ އިސް އޮފިޝަލުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ފުލުހުންގެ އިސް ވަފްދެއް އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ޒަމާނީކުރުމަށް ކުރެވޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެހީތެރިވުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.