މިނިވަންކަން ދިފާޢުކުރެވޭނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީނަށް: އާދަމް ޝަރީފް

މިނިވަންކަން ދިފާޢުކުރެވޭނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީނަށް: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 09:37
0

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރެވޭނެ ހަމައެކަނި ވެރިޔަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ބޮޑު ހަރަކާތެއް ދަނީ ހިންގަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެތައް އެއްބަސްވުންތަކެއް އިންޑިއާއާއިއެކު ހަދައި، ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ބައިތިއްބައިގެން އުޅެނީ ވެފައިވާ އެއްބަސްވުންތަކުން ސަލާމަތްވާނެ ގޮތެއް ނެތުމުންކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށާއި، "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ދަޢުވަތު ދީފައެވެ. ނަމަވެސް މިހަރަކާތުގައި ބައިވެރިވުމަށް އެއްވެސް ޕާޓީއަކުން އަދި އެއްވެސް ލީޑަރަކު އެއްބަސްވެފައި ނުވެއެވެ. ޚާއްސަކޮށް މިހާތަނަށް މިނިވަން ކަމުގެ ދިފާއުގައި އެންމެ ބޮޑަށް އަޑުގަދަކޮށް މުޒާހަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ލީޑަރުންނަށް ދައުވަތު ދިން ނަމަވެސް އެބޭފުޅުން އެ ދަޢުވަތު ގަބޫލުކޮށްފައި ނުވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ހޯދުމަށް މިއަދު ކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޕީޕީއެމްއަށް ވެރިކަން ހޯދުންކަމަށެވެ. އަދި ރައީސަށް ރައީސް ޔާމީން އިންތިޚާބުކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ. މިހާތަނަށްވެސް މިނިވަންކަން ދިފާޢު ކުރެއްވުމަށް ކެރި ވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ހޯދައި، ދިފާއު ކުރުމަށްޓަކައި، ޕީޕީއެމް ވެރިކަމަށް ކޮންމެހެން ގެންނަންޖެހޭ! މިނިވަންކަން ދިފާޢު ކުރެވޭނީ ޕީޕީއެމްއަށް. މިނިވަން ކަމަށްޓަކައި ޖިހާދު ކުރެއްވުމުގެ ކަމަރު ބަންނަން ކެރިވަޑައިގަތީ ހަމައެކަނި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ކަމަށްޓަކައި، އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މަޖިލީހުން ޤާނޫނެއް ފާސްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ރައީސް ޔާމީނާއި، ޕީޕީއެމުން ބުނެފައިވަނީ މިހަރަކާތް ހުއްޓުވޭނެ އެއްވެސް ހަމައެއް އަދި ޤާނޫނެއް ނެހެދޭނެކަމަށެވެ. މިހަރަކާތަކީ ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފުވއްމުލަކުމީހާ
ބޭތލްމާބަޑުއަޅާލާފަތިބިބަޔަކައްކޮންމިނިވަންކަމެއްދިފާއުކުރެވޭނީވަގުއާދަނުތިހެންބުނީމާއަންނަނީހިނި