ފަރަށް އެރި ބޯޓެއްގައި ތިބި 28 މީހުން މާލެ ގެނެސްދީފި

ފަރަށް އެރި ބޯޓެއްގައި ތިބި 28 މީހުން މާލެ ގެނެސްދީފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 03:40
0

ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑަރަންއިން މާލެ ގެނެސްދީފިއެވެ.

"ސަވާރީ" ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ހިމެނުނު ހަ އަންހެނުންނާއި ތިން ކުޑަކުދިނާއެކު ޖުމްލަ 19 މީހުން ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި މިއަދު ހެނދުނު 06:25 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

28 މީހުންނާއެކު މާލެ ދަތުރުކުރި މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 6 އަންހެނުންނާއި 3 ކުޑަކުދިންގެ އިތުރުން 19 ފިރިހެނުންނާއި 5 ބިދޭސީން ހިމެނުނެވެ. މި ބޯޓް ފުންކުރުމަށްޓަކައި ވެރިފަރާތުން ހޯދި އުޅަނދެއް އެ ސަރަހަށްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.