"މެރި ޖާން" ލަވައިން އަކްޝޭ އާއި ކްރިތީގެ ކެމިސްޓްރީ ދައްކާލައިފި

"މެރި ޖާން" ލަވައިން އަކްޝޭ އާއި ކްރިތީގެ ކެމިސްޓްރީ ދައްކާލައިފި

Author
ފާތިމަތު ނާވީ
02 މާރޗް 2022 11:41
0

މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ"ގެ ލަވައެއް ކަމުގައިވާ "މެރި ޖާން" ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓަ ކޮށްފައިވާ މި ފިލްމްގެ ލީޑުން ފެނިގެން ދާނީ އަކްޝޭ އާއި ކްރިތީ ސެނޮންއެވެ.

"މެރި ޖާން" އަކީ ރޮމޭންޓިކް ލަވައެކެވެ. ލަވައިގެ މިއުޒިކް ހަދާ، ލަވަ ކިޔާދީފައިވެސް ވަނީ ބީ ޕްރަކާއެވެ. ލަވައިގެ ރިލްކްސް ހެދީ ޖާނީއެވެ.

"ބައްޗަން ޕާންޑޭ" އަކީ ކްރިތީ އާއި އަކްޝޭ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެ ކުރިން މިދެތަރިން ވަނީ "ހައުސްފުލް 4″ ގައިވެސް އެކުގައި މަސައްކަތް ކޮށްފައެވެ.

ކްރިތީ ބުނެފައިވާ ގޮތުގައި މި ފިލްމްގެ ލަވަ ތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ލަވަ އަކީ "މެރީ ޖާން" އެވެ.

އަންގާރަ ދުވަހު މި ލަވަ ރިލީޒް ކުރުމާއެކު ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.