"ޔޯދާ"ގެ ޝޫޓިންގ އަލުން ފަށައިފި

"ޔޯދާ"ގެ ޝޫޓިންގ އަލުން ފަށައިފި

Author
ފާތިމަތު ނާވީ
01 މާރޗް 2022 04:23
0

ސައުތުގެ ތަރި ރާޝީ ކަންނާ ބޮލީވުޑަށް ތައާރަފުވާ ފިލްމް "ޔޯދާ"ގެ ޝޫޓިންގެ ދެވަނަ ޝެޑިއުލް ފަށައިފިއެވެ.

މި ފިލްމުން ރާޝީ ފެނިގެން ދާނީ ސިދާތު މަލްހޮތުރާ އާ އެކުގައެވެ. އަދި މި ފިލްމްގެ މުހިންމު ރޯލަކުން ދިޝާ ޕަޓާނީ ވެސް ފެނިގެން ދާނެއެވެ.

ސައުތު އިންޑަސްޓްރީގައި ބިޒީ އެކްޓްރެސް "ޔޯދާ"ގެ ސެޓަށް އައުމުގެ ކުރިން ވަނީ މޮސްކޯގައި، ނާގަ ޗައިތަނިޔާ އާއެކު "ތެންކިޔު"ގެ ފަހު ޝޫޓިންގ ޝެޑިއުލް ނިންމާފައެވެ. އަދި ހަމަ އެހެންމެ "ސަރްދާރް ވިތް ކާރްތީ"ގެ ޝޫޓިންގެ ބައެއް ވެސް އޭނާ ވަނީ "ޔޯދާ" ފެށުމުގެ ކުރިން ޗެންނާއީގައި ޝޫޓް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Raashii Khanna (@raashiikhanna)

ދަރްމާ ޕްރޮޑަކްޝަންގެ "ޔޯދާ"ގެ މަންޒަރުތައް މުމްބާއީ، ލޮނާވްލާ އަދި ދިއްލީގައި ނެގުމަށް ވަނީ ހަމަޖެހިފައިއެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ ސާގްރަ އަމްބްރޭ އާއި ޕުޝްކަރު އޯޖާ ގުޅިގެންނެވެ. ފިލްމު ނެރުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.