ދިޝާ އާއެކު ސަލްމާން ނެށުމުން ފާޑުކިޔަނީ

ދިޝާ އާއެކު ސަލްމާން ނެށުމުން ފާޑުކިޔަނީ

Author
ފާތިމަތު ނާވީ
28 ފެބްރުއަރީ 2022 06:50
0

ސަލްމާން ޚާން ބާއްވަމުން އަންނަ "ދަބަންގް ޓުއާ" މިއަހަރުވެސް ވަނީ ފަށާފައެވެ. ސައުދީ އަރަބިއާގައި ފުރަތަމަ ޝޯތައް ދިންއިރު މިހާރު ދުބާއީގައި މި ޓުއާގެ ޝޯތައް އަންނަނީ ދެމުންނެވެ.

ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންނާއެކު ސަލްމާން ބާއްވަމުން އަންނަ "ދަބަންގް" ޓުއާގައި ސަލްމާން ދިޝާ ޕަޓާނީ އާއެކު ސްޓޭޖްގައި ނެށުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މީގެ ކުރިން މި ދެތަރިން އެކުގައި ވަނީ ދެ ފިލްމަކުން ފެނިގެން ގޮސްފައިއެވެ. އެއީ "ބާރަތު" އާއި "ރާދޭ: ޔުއަރ މޯސްޓް ވޯންޓަޑް ބާއީ" އެވެ. މި ދެ ފިލްމުގައިވެސް ސަލްމާނާއި ދިޝާ ވަނީ ލަވަތަކުގައި ނަށާފައެވެ.

ނަމަވެސް ދުބާއީގައި ސްޓޭޖުމަތިން ދެތަރިން ފެނުމުން ސަޕޯޓަރުންނަށް ހަޖަމެއް ނުކުރެވުމެނެވެ. އެއްބަޔަކު ދިއައީ ސަލްމާނަށް ނަށަން ނޭގޭ ކަމަށް ބުނަމުންނެވެ. އަނެއް ބަޔަކު ދިއައީ ދިޝާ އާއެކުގައި ނެށުމަށް ސަލްމާން މާ މުސްކުޅި ކަމަށް ބުނަމުނެނެވެ.

ބޮލީވުޑްގެ ދުވަސް ވީ އެކްޓަރުން އެމީހުންނަށް ވުރެ ހަގު ބަތަލާއިން އެކުގައި ފެނުމުން އެމީހުންނަށް ވަރަށް މަލާމާތް ރައްދުވެއެވެ.

އެގޮތުން 55 އަހަރަށް ވުރެ މަތިވެފައިވާ ސަލްމާން 20 އަހަރުގެ ބަތަލާއިންނާއެކު ލޯބީގެ ފިލްމުތައް ކުޅޭތީވެސް ގިނަ ބަޔަކު މަލާމާތްކުރެއެވެ.

ސަލްމާންގެ އިތުރުން ސާހްރުކް ޚާނާއި އާމިރް ޚާން ފަދަ ބޮލީވުޑްގެ ސީނިއާ އަދި ނަގާ ކިޔާ ތަރިން އެމީހުންނަށް ވުރެ އުމުރުން ހަގު ކުދިންނާއި އެކު ފިލްމް ކުޅޭތީވެސް ފާޑުކިއުން އާދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމީތާބު
މަވެސް ވަރަށް ޅަކުދިންނާއެކު ނަށާހިތްވޭ.... އަދި...