އަންނަ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ކުރަންދޫ ކައުންސިލް ރައީސް ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި އޮތް މިބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް:
1. ޢަލީ ނަސީމް / އެމްޑީޕީ
2. އިސްމާއިލް މަދީހު / ޕީޕީއެމް
2022 މާރިޗު 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/o8MbBxB1Am
— Elections Commission (@ElectionsMv) February 26, 2022
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.
މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ.
މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.
ކޮމެންޓު ފޮނުވާ