ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާން ހޮސްޓްކުރާ ރިއަލިޓީ ޓިވީ ޝޯ "ބޮގްބޮސް" އާއި ގުޅުވައިގެން ކަންގަނާ ދެއްކި ވާހަކަތަކެއްގެ ސަބަބުން، ސަލްމާންގެ ދިފާއުގައި ރާކީ ނުކުމެއްޖެއެވެ.
ކަންގަނާ މިހާރު އަންނަނީ "ލޮކް އަޕް" ގެ ނަމުގައި ހަމަ މިފަދަ ޝޯއެއް ފެށުމަށް ތައްޔާރުވަމުންނެވެ. މި ޝޯ ޕްރޮމޯޓް ކުރުމުގެ ތެރޭގައި އޭނާ ވަނީ މިފަދަ ޝޯތަކާއި އެޝޯތައް ހޯޝްޓް ކުރާމީހުންނޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކައި، އެޝޯތައް ދެރަކޮށް، ކަންގަނާގެ ޝޯއަކީ އެންމެ ފުރިހަމަ ޝޯ ކަމުގައި ދައްކުވަން މަސައްކަތް ކޮށްފައެވެ.
އެގޮތުން "ބިގްބޮސް" އަދި ސަލްމާން ޚާނާ ގުޅުވައިގެން ކަންގަނާ ދެއްކި ވާހަކަތަކުގެ ސަބަބުން ވަރަށް ދެރަވާ ކަަމަށް ރާކީ ވަނީ ބުނެފައެވެ. އަދި ސަލްމާން "ބިގް ބޮސް" ހުށަހަޅާތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި ކަންގަނާގެ އެ ފެންވަރުގެ އެންމެ ޝޯއެއް ހުށަހެޅުމުގެ ހިތްވަރު ހުރި ނަމަވެސް އެކަން ދައްކާލުމަށް ކަންގަނާ ވަނީ ޗެލެންޖްކޮށްފައެވެ. އަދި ކަންގަނާއަށް ތެޅޭނީ ހުސް އަނގަ ކަމަށާއި އަމަލުން އެކަންކަން ދައްކާނެ ކުޅަދާނަކަން ނުހުންނާނެ ކަމަށްވެސް ރާކީ ވަނީ ބުނެފައެވެ.
މީގެއިތުރުން ރާކީ ބުނީ ބޮލީވުޑޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ކަންގަނާ ދައްކާއިރު ބޮލީވުޑާ ނުލާ ކަންގަނާއަށް ނޫޅެވޭނެ ކަަމަށާއި، އާމްދަނީ ހޯދަނީވެސް ބޮލީވުޑުން ކަމަށެވެ.
16 Celebrities, Many Rules, One Queen!
Watch #LockUpp on #MXPlayer and #ALTBalaji from 27th February onwards for free! #KanganaRanaut @ektarkapoor @altbalaji #RealityShow pic.twitter.com/Uq1S3HfsfC
— MX Player (@MXPlayer) February 16, 2022
ކަންގަނާ އަންނަނީ އޭނާގެ ފުރަތަމަ ރިއަލިޓީ ޝޯ "ލޮކް އަޕް" ގެ ޕްރޮމޯޝަންތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. މިއަދުން ފެށިގެން މި ޝޯ އެމްއެކްސް ޕްލެއާ އަދި އޯލްޓް ބާލާޖީ އިން 24 ގަޑިއިރު ސްޓްރީމް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ