ރަންދީޕްގެ ދެވަނަ ވެބް ސީރީޒް ދައްކަން ފަށަނީ

ރަންދީޕްގެ ދެވަނަ ވެބް ސީރީޒް ދައްކަން ފަށަނީ

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2022 11:24
0

ނެޓްފްލިކްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ، ބޮލީވުޑް އެކްޓަރ ރަންދީބް ހޫޑާގެ ވެބް ސީރީޒް "ކެޓް" ގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.

ރަންދީޕް މީގެ ކުރިން ވަނީ ޖެލީ ބީން އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން "އެކްސްޓްރެކްޝަން" ކިޔާ ސީރީޒް އަކުންވެސް ފެނިގެން ގޮސްފައެވެ. އަދި އެ ޑްރާމާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

"ކެޓް" އަކީ ނެޓްފްލިކްސް އިން ދައްކާނެ ރަންދީޕުގެ ދެވަނަ ސީރީޒަށް ވާނެއެވެ. ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޓް ކުރާ މި ޑްރާމާ ވަރަށް އަވަހަށް ދައްކަން ފަށާނެއެވެ. އެކަމަކު ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Randeep Hooda (@randeephooda)

ވެބް ސީރީޒް "ކެޓް" ގައި ފެނިގެންދާނީ ޑްރަގު ޓްރެފިކިންނާއި ގޭންގް ތަޅާފޮޅުން އަދި ސިޔާސީ ކަންތައްގަނޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.