ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު މާހީން މަދީޙް (20އ) އާއި އަޙްމަދު މާހިލް ސަޢީދު (21އ) އާއި މުޙައްމަދު އަޒުމީން (30އ).
ފުލުހުން ވިދާޅުވީ މި 3 މީހުން ހައްޔަރުކޮށްފައިވަނީ، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ތުޙުމަތުގައިކަމަށެވެ. މި މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް 15ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި 3 މީހުން ހިމެނޭހެން މިހާތަނަށް މި މައްސަލާފައި ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 31ވަނަ ދުވަހު ފުލުހުންވަނީ، މި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. އެ ހަތަރު މީހުންނަކީ ވ.ޕިންކްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އަމީރުއާ، ގއ.ވިލިނގިލި/ކަނީރުމާގެ، 23 އަހަރުގެ މުޙައްމަދު މުސްޢަބު ޒުބައިރު އަދި ދަފްތަރު ނަންބަރު 3678، 22 އަހަރުގެ ޙުސައިން ޢަބްދުލްމަޖީދު އާއި ލ.ގަން، ތުނޑި. ކީމިޔާގެ، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާޝިދުއެވެ.
މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ. މާލޭގައި ފަހަކަށް އައިސް ވައްކަމާއި، ފޭރުން އިތުރުވެ، މިކަންކަން ކުރާމީހުންގެ މައްސަލަތައް ނުބެލޭ މައްސަލާގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ