މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ފަތިހު 4:30 އިން 11:30 އަށް ހުޅުވާގޮތަށް ހަމަޖައްސަވައިފިއެވެ.
ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ހެނދުނު 6:00އިން ރޭގަނޑު 22:00 އަށް މާލެ ސަރަޙައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ހުޅުވުމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލުގެނެސް ހެނދުނު
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށެވެ. މާލޭ ސަރަޙައްދުގައި ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅެވޭނެހެން ކާފިއު ގަޑިތަކަށް ބަދަލުތަކެއް ގެނެސް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ރެއިން ފެށިގެން ނިންމައިފައެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގައި މަގުމަައްޗަށް ނުކުމެ އުޅުމާއި، ވެހިކަލް ދުއްވުމަށް ހުއްދަދީފައިވާ ގަޑިތަކަށް ބަދަލުގެނައުމުގެ އިތުރުން، މިރޭ ވަނީ އިތުރު ލުއިތަކެއްވެސްދީފައެވެ. އެގޮތުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޔޫތު މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރިކުރާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާގޮތެއްގެ މަތިން ހުޅުވުމުގެ ހުއްދަދީފައިވާއިރު، އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިއުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
ހަމައެހެންމެ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް މާލޭ ސަރަހައްދުގައި ހިމެނޭ ޕާކުތަކާއި، މައިޒާންތަކާއި، ދާރުލް އާސާރުތަކާއި، އާއްމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާއިރު، ގޭގައި މަސައްކަތްކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރަާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މިހާރު މަސައްކަތް ކުރެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ