ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވައި ކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާލައިދެއްވީ ފެމެލީ ކޯޓުގެ ގާޒީ ޢަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރުއެވެ.
ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާ އަދި ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެެރިވެލެއްވިއެވެ.
އިއްޔެގެ އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުންނެވެ. އެއީ 16 އަންހެން ފުލުހުންނާއި 24 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަންރިސޯސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ