ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްކުރިއަށްދާތީވެ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާތީ، 15 ދުވަހަށް އެ މަގުތައް ބަންދުކޮށްފައިވާކަމަށެވެ. އަދި އެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ޚާއްސަކޮށް ދުވަސްވީ ބޭފުޅުންނާއި، ކުޑަކުދިން އަދި ނޭވާހިއްލާ ބޭފުޅުން މި ދުވަސްވަރު އެ މަގުތަކާ ކައިރި ނުވުމަށް ނަސޭޙަތްތެރިވެފައިވެއެވެ.
ހިޔާސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ މިސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ސަމާލުކަމަށް! pic.twitter.com/G44JwaSIt5
— HDC (@hdcmaldives) February 23, 2022
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ. ހުރިހާ މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާ މަގުތައް އާންމުންނަށް ހުޅުވާލާނެ ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އާންމުންނަށް ޒަރޫރީ ބޭނުންތަކަށާއި، ހިތްހަމަ ޖެއްސުމަށް ބޭނުންވާ ތަންތަނާއި ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ