ހުސްވެފައިވާ ޅ.ކޔރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފައިވަނި އެންމެ ކެނޑިޑޭޓެއްކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ވަނީ މިއިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް މިމަހުގެ ކުރީކޮޅު ހުޅުވާލާފައެވެ. މިއަދަށް މުއްދަތު ހަމަވިއިރު، އިންތިޚާބަށް ކުރިމަތިލާފައިވަނީ، އެންމެ ކެނޑިޑޭޓަކެވެ. މިއިންތިޚާބުގައި އެމްޑީޕީން ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ކެނޑިޑޭޓެއް ކުރިމަތިލުމުން އޭނާއަށް ވަނީ ޕްރައިމަރީއަކައި ނުލައި ޓިކެޓް ކަށަވަރުވެފައެވެ.
މިއިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަކީ:
1 ޢަލީ ނަސީމް ، އައިޑި A094449 ، ރީޙުއްސަބާ ، ޅ. ކުރެންދޫ
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ. މިއިންތިޚާބުގައި އެހެން ޕާޓީއަކުން ކުރިމަތިލާކަމެއް އަދި އެނގިފައިނުވެއެވެ.
މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ