ދުވަހަކުވެސް ތަނަކަށް ދާން ގަޑިޖެހިފައި ނޯންނާނެ: މާދުރީ

ދުވަހަކުވެސް ތަނަކަށް ދާން ގަޑިޖެހިފައި ނޯންނާނެ: މާދުރީ

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2022 09:33
0

30 އަހަރަށް ވުރެ ގިނަ ދުވަހު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކޮށްފައިވާ އެކްޓްރެސް މާދުރީ ޑިކްސިޓް ދުވަހުވެސް ޝޫޓިންއަށް ވެސް އަދި އެހެން ތަނަކަށް ވެސް ގަޑިޖެހިގެން ގޮސްފައި ނުވާނެކަމަށް ބުނެފިއެވެ.

އަބަދަށް ފެރި އެކްޓްރެސް ބުނެފައިވާ ގޮތުގައި އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ތަރިއެކެވެ. އެގޮތުން އަބަދުވެސް ގަޑިއަށް ދާންޖެހޭ ތަންތަނަށް ދިއުމަކީ އެކަމުގެ ހެކި ކަމަށް ބުނެފައި ވެއެވެ.

90ގެ ސުޕަރސްޓާ 'ބޮލީވުޑް ހަންގާމާ"އަށް ދިން އިންޓަވިއުއެއްގައި މިވާހަކަތައް ހިއްސާކޮށްފައިވާއިރު އޭނާ އަންނަނީ ވެބް ސީރީޒެއްގެ މަސައްކަތް ކުރަމުންނެވެ. މިމަހުގެ 25 ގައި ނެޓްފްލިކް އިން ޕްރިމިއާ ކުރާ މި ސީރީޒްގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޕްރޮމޯޝަނެވެ.

 

View this post on Instagram

 

A post shared by Madhuri Dixit (@madhuridixitnene)

މާދުރީގެ ވެބް ސީރީޒް "ދަ ފޭމް ގޭމް" ގައި އޭނާ އާއެކު ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރު ލީޑުން ފެނިގެން ދާނެއެވެ. ސީރީޒްގައި މާދުރީ ފެނިގެންދާނީ ބޮލީވުޑްގެ ސުޕަރ ސްޓާރެއްގެ ރޯލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.