އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ބައިޑަންއަށް ރައީސް ޔާމީން މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ބައިޑަންއަށް ރައީސް ޔާމީން މަރުޙަބާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
08 ނޮވެމްބަރ 2020 12:14
0

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އަށާއި، އެމަނިކުފާނުގެ ނާއިބު ކަމާލާ ހަރިސްއަށް ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާއިހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި، އިދިކޮޅު ލީޑާޝިޕްގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ބަައިޑަންއަށާއި، ކަމާލާއަށް މަރުހަބާ ވިދާޅުވެފައެވެ.

އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން، މުޅިން އާރކޯޑަކާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑްންއާއި އޭނައިގެ ނާއިބަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން އަންނަނީ މަރުހަބާ ވިދާޅުވަމުންނެވެ.

އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑްން ވެވަޑއިގެންނެވީ ވޯޓު ގުނުމުގެ އެންމެ ފަހުގެ މަރުހަލާއިގައި 4 ސްޓޭޓެއްގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވަރަށް ގާތުން ވާދަކޮށް 270 އިލެކްޓޯރަލް ވޯޓަށްވުރެ މަތިން ކާމިޔާބު ކުރައްވައިގެންވެ.

ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް މިއިންތިޚާބުގައި އެމެރިކާގެ %66.9 ރައްޔިތުން ވޯޓުލާފައި ވާއިރު، ޖޯބައިޑްންވަނީ 74 މިލިއަނަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ މަގު ވަރަށް ބޮޑަށް ހަނިކޮށް އޮތްއިރުވެސް، އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާއި އަދި އިލެކްޝަން އޮފިޝަލުން މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރައްވާ އިންތިޚާބުގެ މައްސަލަ ޓްރަމްޕް ވަނީ ކޯޓަށް ހުށަހަޅުއްވައިފައެވެ.

ޖޯ ބައިޑްން އިންތިޚާބު ކަމިޔާބު ކުރައްވާފައިވާއިރު، ބައިޑްންވަނީ ރައީސް އޮބާމާގެ ދައުރުގައި އެމެރިކާގެ ނާއިބް ރައީސްކަންވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.