މިއަދު ބޭއްވުނު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އަދުން ހުސެއިންއާއި އިލްޔާސް ލަބިބުއާއި ވާދަކޮށް އެމްޑިޕީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ބިގޭ ކާމިޔާބު ކުރައްވައިފިއެވެ.
ބިގޭއާއި ވާދަ ކުރައްވާފައިވަނީ، ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބްއެވެ. މި ވޯޓުގައި ބިގޭއަށް 49 ވޯޓު ލިބުނުއިރު، އަދުން ހުސެއިންއަށާއި އަދި އިލްޔާސް ލަބީބު، ކޮންމެ ބޭފުލަކަށްވެސް ލިބިފައިވަނީ 34 ވޯޓެވެ.
މިއަދު އެމްޑީޕީ ޕީޖީގެ އިންތިޚާބުގައި ވަނީ ޕީޖީ ގުރޫޕުގެ ޖީޕީ ލީޑަރުވެސް އިންތިޚާބު ކޮށްފައެވެ. މި އިންތިޚާބުގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އާލި އާޒިމްއާއި ވާދަކޮށް އެމްޑިޕިގެ ޕިޖީ ލީޑަރުކަން ކާމިޔާބު ކުރައްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް. ދާދި ދެންމެއަކު ކުރިޔަށްދިޔަ މިއިންތިޚާބުގައި ޕީޖީ ލީޑަރުކަ އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިފައިވަނީ 25 ވޯޓެވެ.
ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކާމިޔާބު ކުރެއްވި ބިގޭއަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ޅިޔަނެކެވެ. އަދި ބިގޭއާއި ވާދަ ކުރެއްވި އިލްޔާސް ލަބީބާއި އަދުން ހުސެއިންއަކީ ޕީޖީ ގުރޫޕުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. އަދި އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކާމިޔާބު ކުރެއްވި ބިގޭއަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ޅިޔަނެކެވެ. އަދި ބިގޭއާއި ވާދަ ކުރެއްވި އިލްޔާސް ލަބީބާއި އަދުން ހުސެއިންއަކީ ޕީޖީ ގުރޫޕުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. އަދި އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ފާއިތުވެދިޔަ އަހަރުން ފެށިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ދެބަޔަކަށް ބެހިގެން ގޮސްފައިވާއިރު، ޕީޖީ ލީޑަރުގެ އިންތިޚާބުގައި ދެފެކްޝަންގެ ވާދަވެރިކަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އަލީ އާޒިމް މިއިންތިޚާބުގައި ރައީސް ނަޝީދުގެ ތާޢީދާއެކީ ވާދަކިށްފައިވާއިރު، އަސްލަމް ވާދަ ކުރައްވާފައިވަނީ ރައީސް ސާލިހުގެ ތާއީދާއެކީ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މިއަދުގެ އިންތިޚާބުގައި ޕީޖީ ގުރޫޕުގެ އެހެން މަގާމްތަކަށްވެސް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. މިގޮތުން ޕީޖީގެ އަމީން އާންމުގެ މަގާމަށް އިންތިޚާބު ވެފައިވަނީ މުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. އޭގެ އިތުރުން ޑެޕިއުޓީ އަމީން އާންމަަށް އިންތިޚާބު ވެފައިވަނީ، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.
އަދި މީގެ އިތުރުން މިއަދުގެ އިންތިޚާބުގައި ޗީފް ވިޕަކަށް އިންތިޚާބު ވެފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުލް މުޢުނީއެވެ. އަދި ވިޕުންގެ ގޮތުގައި 5 މެމްބަރަކުވެސް ވަނީ އިންތިޚާބު ކޮށްފައެވެ. އެ މެމްބަރުންނަކީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު، ވައިކަރަދޫ ދާއިރާގެ މެމްބަރުން ހުސެއިން ޒިޔާދު، އިހަވަންދީ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު، މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
ކޮމެންޓު ފޮނުވާ