އިސްލާމީ އެންމެ މަތިވެރި ބިނާކަމުގައިވާ މިސްކިތްތަކުގެ ކަރާމާތް ގެއްލޭގޮތަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު އިސްވެ ހުންވައި، ބުރުގާ ނާޅައި ތިބި ބޭރުގެ ޑިޕްލޮމެޓުންތަކެއް ގޮވައިގެން އިސްލާމީ މަރުކަޒަށް ވަން މައްސަލައަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދު އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީ އާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ވަނީ އިސްލާމީ މަރުކަޒު ސްޓޭޓް މިނިސްޓަރ ލޯޑު ޠާރިޤަށް ދައްކާލާފައެވެ.
އިސްލާމީ މަރުކަޒުގެ އެކި ތަންތަނަށް ކުރި ޒިޔާރަތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު ކެރޮން ރޮސްލަރ އާއި ބުރުގާ ނާޅާ އުޅުނު ދެ އަންހެނަކު މިބައްދަލުވުމުންތަކުގައި މިސްކިތުގެ ތެރޭގައި އުޅުނުތަން ސޯޝަލް މީޑިއާގައި އާންވެފައިވަ ފޮޓޯތަކުން ފެނެއެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް އިސްލާމިކް މިނިސްޓަރު އިސްވެ ހުންވައިގެން އެއްވެސް އިޚުތިރާމެއްނެތް ގޮތަށް މިކަން ވެފައިވަނީ މިނިސްޓަރ އަހުމަދު ޒާހިރުވެސް ޖާގަ ދެއްވުމުން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ތަންތަނާއި، އިސްލާމީ މަރުކަޒު ދައްކާލުމަށް ސީދާ މިނިސްޓަރު އިސްވެ ހުންނެވިއިރު، ބުރުގާ ނާޅައި މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަންހެނުންތަކަކަށް އުޅުމުގެ ޖާގަ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމްވެސް ވަނީ ޓުވީޓެއް ކުރައްވާފައެވެ. ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކަށް ވަނުމުގައި އިސްލާމީ ވަހުދަތާއި، އިސްލާމީ ސަޤާފަތަށް އިޚްތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިކަން ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރަށް ޑރ.ޝަހީމް ވަނީ ހަނދާކޮށްދެއްވާފައެވެ.
ރާއްޖޭގެ މިސްކިތްތަކަށް ވަނުމުގައި މިސްކިތްތަކުގެ މަތިވެރިކަން ދަމަހައްޓައި، މުސްލިމުންގެ ސަޤާފަތަށް އިޚްތިރާމް ކުރުމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރަށް ގޮވާލަން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މިއީ ބުރުގާ ނާޅައި ތިބި އަންހެނުންތަކެއް ސަރުކާރުން މިސްކިތަކަށް ވެއްދި ފުރަތަމަ ފަހަރެވެ. މިހާދިސާ މިހެން ހިނގާފައިވާއިރު، މިއަދު އިނގިރޭސި ރާނީ ވަނީ ޔޫއޭއީގައި ހުން އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވާފައެވެ. މިސްކިތަށް ޒިޔާރަތް ކުރެއްވިއިރު، އެކަމަނާ ހުންނެވި ބޮޑުހެދުމެއް ތުރުކުރައްވައިގެންނެވެ. އަދި އިސްތަށި ގަނޑު ނިވާވާ ގޮތަށް ވަނީ ބުރުގާއެއް ޒާތު އެއްޗެއް ތުރުކުރައްވާފައެވެ.
އިނގިރޭސި ރާނީ މިސްކިތަށް، ކުރި ޒިޔާރަތުގައި މުސްލިމުނަށް ކުރި އިޚްތިރާމަށް ތަޢުރީފް!
ދުނިޔޭގެ ގިނަ މުސްލިމުން ދަނީ ކުއީން އިސްލާމީ މުޖުތަމައަށް ކުރެއްވި އިޚްތިރާމަށް ތައުރީފް ކުރައްވާފައެވެ. ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ގެންދަނީ ރާނީއަށް ތައުރީފް ކުރައްވާފައެވެ.
މުސްލިމުންގެ އެންމެ މުއްޤައްދަސް ބިނާކަމުގައިވާ މިސްކިތްތަކަށް އައިރު ދީންތަކުގެ މީހުން އިހުތުރާމް ނުކުރުމާއި، މިސްކިތްތަކުގެ ކަރާމާތް ގެއްލޭފަދަ ކަންކަން ކުރާ މައްސަލަތަކަކީ ވަރަށް ގިނައިން މުސްލިމުންގެ އޮންނަ ކަންބޮޑުވުމެކެވެ.
2 Responses
އެއީ މޑޕ ގެގޮތެނނު
ޥަނިެ.ހެނު މިމުނަފިގުސަރުކަރު