ސޯފިއާ ޓާނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ!

ސޯފިއާ ޓާނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ!

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2022 06:31
0

"ގޭމް އޮފް ތްރޯންސް" އިން މަގުބޫލު ވެގެން ދިއަ ސޯފިއާ ޓާނާ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސޯފީ ދެވަނަ ދަރިއަކަށް ބަލިވެ އިންކަމަށް ބުނަން ފެށީ މިދިއަ ހޯމަ ދުވަހު އޭނާ އާއި ފިރިމިހާ، ލަވަކިއުންތެރިއާ ޖޯއީ ޖޯނަސް މަގުމަތިން ފެނުމާއި ގުޅިގެންނެވެ. ޚަބަރުތަށް ބުނާ ގޮތުގައި 25 އަހަރުގެ ތަރި ހުރީ ބަންޑު ފެންނަގޮތަށް ހުރި ހުދު ކުލައިގެ ޓޮޕެއް ލައިގެންނެވެ. އަދި ހުރީ ބަންޑުގައި އަތްޖައްސާލައިގެންނެވެ.

ވެލަންޓައިންޑޭގައި މި ދެތަރިންނާ އެމީހުންގެ 19 މަހުގެ އަންހެން ދަރިފުޅު ވިލާ އެކުގައި ވަނީ ހިނގާލަން ލޮސްއެންޖަލިސްގައި އެމީހުން ދިރިއުޅޭ ސަރަހައްދަށް ނުކުމެފައެވެ. އެވަތު 32 އަހަރުގެ ޖޯ ހުރީ ވިލާ އުރާލައިގެންނެވެ. އަދި ސޯފީގެ ބަނޑު ހުރީ ވަރަށް ރީއްޗަށް ފެންނާށެވެ.

ނަމަވެސް މިކަމާގުޅޭގޮތުން އަދި މިހާތަނަށް މިދެތަރިންގެ އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި މި ޚަބަރު ދޮގެއް ވެސް ނުކުރެއެވެ.

ޖޯއީ ޖޯނަސް އަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކްގެ ބޭބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.